ENGLISH
21 އޭޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަން ގްރޭޓަރމާލެ އިންޓަކަނެކްޝަން ގްރިޑާއި ގުޅާލައިފި
10 ޖެނުއަރީ 2025
|
މިއަދު ހިންގި މަސައްކަތުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 132 ކިލޯވޮޓްގެ ސަބްސްޓޭޝަންގެ ނެޓްވަރކް ފުޅާކުރުމާއި ހަކަތަ ދިނުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްއެއްގައި މިކަން ހާމަކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ، ދިހަ ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަންޖެހޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް، މޫސުން ތަންދިނީތީ، ކަރަންޓް ކަނޑާލަން ޖެހުނީ މާލޭގެ ދެ ސަރަހައްދަކުން ކަމަށެވެ.
މި ދެ ސަރަހައްދުން ކަރަންޓު ކަނޑާލަން ޖެހުނީ މަދު ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. މި ކަން ހާސިލްކުރުމުގައި ސްޓެލްކޯގެ އިންޖިނިއަރުންނާއި މުވައްޒަފުންގެ ދެއްކި ޚިދުމަތްތެރިކަމާއި ޕްރޮފެޝަނަލިޒަމަށްވެސް މި ޕޯސްޓުގައި ފަހުމީ ތަޢުރީފުކުރެއްވިއެވެ.
ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަ ކުރުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށްވެސް ޝުކުރު އަދާކޮށްފައެވެ.
މި މަސައްކަތް ނިމުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި މުޅި މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ޚިދުމަތަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.