ENGLISH
21 އޭޕްރީލު 2025
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސެއް ގެއްލިގެން ހޯދަނީ
10 ޖެނުއަރީ 2025
|
ފޮޓޯ: އެމްއެންޑީއެފް
އަރިއަތޮޅު ދެކުނުބުރީ މިރިހި އައިލެންޑް ރިސޯޓްގެ ކައިރީގައި އޮތް "ނޯތު07" ސަފާރީގައި ހުރި ދިވެއްސެއް، ކަނޑަށްވެއްޓި ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، ސަފާރީއިން ދިވެއްސެއް ގެއްލިގެން މިއަދު ފުލުހަށް ރިޕޯޓް ކޮށްފައިވާކަމަށާއި، ގެއްލިގެން ހޯދަމުން ދަނީ ނ. ހޮޅުދޫ ސީވީޑް، އަލީ އަރުޝަދު ކަމަށެވެ.
ފުލުހުން ވިދާޅުވީ ރޭގެ ވަގުތެއްގައި ޑެކް މަތީގައި ހުއްޓާ މީހާ ވެއްޓި، ސަފާރީގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީން ފެނިފައިވާ ކަމަށެވެ.
އެމީހާ ހޯދުމަށްޓަކައި ފުލުހުންނާއި އެމްއެންޑިއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.