ENGLISH

21 އޭޕްރީލު 2025

Advertisement

ޤައިދީންނާއި ބަންދު މީހުންނަށް ލިބެނެޖެހޭ އެއްވެސް އަސާސީ ޚިދުމަތެއް އުންޏެއް ނުކުރަން: ކަރެކްޝަން

10 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ޤައިދީންނަށާއި ބަންދު މީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ އިނާޔަތެއް އަދި ޚިދުމަތެއް އުނިކޮށްފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވެއްޖެއެވެ.

ކ. މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާކަމަށާއި ބައެއް މީހުންގެެ ހާލު ދެރަވެގެން އެޑްމިޓުކޮށް ފަރުވާ ދެމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ކަރެކްޝަނުން ވިދާޅުވީ، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ބައެއް އުޞޫލުތަކަށް ބަދަލުގެނެވުނު ނަމަވެސް، ކަރެކްޝަނުގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި ބަންދު މީހުންނަށް ލިބެންޖެހޭ އެއްވެސް އަސާސީ ޢިނާޔަތެއް ނުވަތަ ޚިދުމަތެއް އުނިކުރެވިފައި ނުވާނެ ކަމަށެވެ. 

ކަރެކްޝަންސް އިން ވިދާޅުވީ މާފުށީ ޖަލުގައި ތިބި ބައެއް ބަންދު މީހުންނަށް ފޯރުކޮށްދޭ ކާބޯތަކެތި ބައެއް ފަހަރު ނުނަގާ ކަމަށާއި ނަމަވެސް ވިޔަފާރި އުސޫލުން ގަނެފައިވާ ތަކެތި ބޭނުން ކުރަމުންދާ ކަމަށެވެ.

މާފުށީ ޖަލުގެ ހާލަތާ ގުޅޭގޮތުން ހިޔުމަން ރައިޓްސް ކޮމިޝަން އިން ވިދާޅުވީ ޖަލުގައި ހިނގަމުންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅޭ ވާހަކަތައް އެ ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު