ENGLISH

21 އޭޕްރީލު 2025

Advertisement

މަޝްއަރު އުމުރާ ގްރޫޕުގެ ވެރިންނަށް ދަަޢުވާކުރަން ފޮނުވައިފި

09 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ޙުސައިން އާދަމް ބިލްޑިންގ: ފުލުހުން ވިދާޅުވީ އުމުރާ ގްރޫޕުގެ ވެރިންނަށް ދަޢުވާ ކުރަން ފޮނުވީ ޗެކް ބައުންސް މައްސލައެއްގައި ކަމަށް.-- ފޮޓޯ: ސޯޝަލް މީޑިއާ

ޢުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި ގޮތުގައި، މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާކުރުމަށް މިހާރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު ނިންމާ، މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާ ކުރުމަށް 2 ޑިސެމްބަރ 2024 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވެ އެވެ. މި މައްސަލައިގައި މަޝްއަރު ޓުއާސްއާ ގުޅޭ ތަފާތު މައްސަލަތަކެއްގެ ތަޙުޤީޤު ކުރެވިފައިވީ ނަމަވެސް، ފުލުހުން މިހާރު ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ޗެކްތަކެއް ބައުންސްވި މައްސަލައިގަ އެވެ.

މިދިޔަ ރޯދަ މަހު މަޝްއަރު ޓުއާސް ގްރޫޕުން ޢުމްރާއަށް ގެންދިޔައީ 53 މީހުންނެވެ. ކޮންމެ މީހެއްގެ އަތުން 38,500 ރުފިޔާގެ ރޭޓުން ފައިސާ ނަގާފައިވެ އެވެ. ނަމަވެސް، އުމްރާ ފުރިހަމަ ކުރުމަށްފަހު އުމްރާވެރިން ރާއްޖެ ގެނައުމަށް އޭސް ޓްރެވަލްސްއަށް ދޫކުރި ޗެކް ބައުންސްވުމާ ގުޅިގެން، އުމްރާވެރިން ރާއްޖެ ނާދެވި މައްކާގައި ތާށިވި އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު