ENGLISH
21 އޭޕްރީލު 2025
މިދިޔަ އަހަރު ސަރުކާރަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ޤައުމު ބަނގުރޫޓުވުމުގެ ޙާލަތުން އަރައިގަތުން: މެމްބަރު ޙުސައިން
09 ޖެނުއަރީ 2025
|
ބޮޑު ޚަބަރު ޕްރޮގްރާމުގައި މެމްބަރު ޙުސައިން ޙަމީދު ވާހަކަ ދައްކަވަނީ
މިދިޔަ އަހަރު ސަރުކާރަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ޤައުމު ބަނގުރޫޓުވުމުގެ ޙާލަތުން އަރައިގަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު ޙުސައިން ޙަމީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ ރާއްޖެ ބަނގުރޫޓު ވަނިއްޔޭ ކީ ދޫތަކުން އެވާހަކަ ދެއްކުން މިހާރު ހުއްޓާލައިފި ކަމަށެވެ. އޭގެ ނަތީޖާއަކީ އިގްތިސާދު ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ހަރުދަނާ އަދި ހިކުމަތްތެރި ފިޔަވަޅުތައް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރަކީ އިގްތިސާދީ ގޮތުން ކުރިމަތިވި އެންމެ ދަތި އަހަރު ކަމުގައި ވީނަމަވެސް، އެންމެން ގުޅިގެން ކުރި މަސައްކަތުން އެ ހާލަތު މިހާރު ބަދަލު ކުރެވިއްޖެއެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ދެމުން ގެންދިޔަ ހަރުކަށި އިންޒާރުތައް މަޑު ޖެހި، ދުނިޔޭގެ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށް ކުރަމުން ގެންދިޔަ ގެންދިޔުން މިހާރު ވަނީ ނިމުމަކަށް ގެނެވިފައިކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމު އޮތީ ބޭރުގެ ލޯނުތައް ދައްކަން ވެސް ދަތި، އުނދަގޫ ހާލަތެއްގައި ނަމަވެސް، މެމްބަރު ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ގައުމުގެ މުސްތަޤުބަލަށްޓަކައި ރައީސް އެޅުއްވި ފިޔަވަޅުތަކުގެ ސަަބަބުން ހެޔޮ ބަދަލުތަކެއް މިހާރު ވަނީ ގެނެވިފައިކަމަށެވެ. އަދި މިހާތަނަށްވެސް ބޭރުގެ އެއްވެސް ލޯނެއް ނުދެއްކި ގައުމު ޑިފޯލްޓަކަށް ދިޔަ ނުދީ ހިފެހެއްޓުނީ ގައުމުގެ ހައްގުގައި ރައީސް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުންނެވެ.