ENGLISH

21 އޭޕްރީލު 2025

Advertisement

މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ

09 ޖެނުއަރީ 2025

|

ހަސަން އާމިރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަަހައްޓާފައިވާ ހައި ވޯލްޓޭޖު ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރުމަށް މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ބަހައްޓާފައިވާ 132 ކޭ.ވީ.ގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް، މާދަމާގެ ހެނދުނު 6:00 އާއި 8:00 އާއި ދެމެދު އެއް ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށާއި، އަދި މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވެސް މި ދެންނެވި ވަގުތުގައި ކަރަންޓުގެ ޚިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު