ENGLISH

21 އޭޕްރީލު 2025

Advertisement

ރަޖްނީއަށް ވިނަރެސް ފްލެޓް ލިބުނީ އުސޫލާއި ޚިލާފަކަށް ނޫން: ފުލުހުން

09 ޖެނުއަރީ 2025

|

ޢަލީ ޝާހީން

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓް ލިބިފައިވަނީ އުސޫލާ ޚިލާފަށް ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ރަޖުނީ ޝުއައިބަށް ވިނަރެސް ހައުސިންގ މަޝްރޫއުން އުސޫލާ ޚިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އާންމުން މީޑިއާގައި ފެތުރުނު މަޢުލޫމާތާ ގުޅިގެން، އޭނާ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ޚިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ސޯޝަލް މީޑިއާގައި އޭރު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖުނީ އަދާކުރައްވަމުން ގެންދެވި މަގާމުގެ ޒިއްމާތައް ވަގުތީގޮތުން، އެހެން ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ހެއްދެވީ ރަޖުނީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން، ބިންވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ މައްސަލައިގެ ތަހުގީގު ވީހާވެސް ނަޒާހަތްތެރިގޮތެއްގައި ކުރިއަށްގެންދިއުމުގެ ޔަގީންކަން ހޯދުމުގެ ގޮތުން ކަމަށް ވެސް އޭރު ފުލުހުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މަގާމުގެ މައްސޫލިއްޔަތުތަކުން ރަޖުނީ އެކަހެރިކުރީ، އޭނާގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ތުހުމަތާ ގުޅިގެން އެއްވެސް ކަހަލަ ނުރަނގަޅު ކަންތައްތަކެއް ފެނިގެން ނޫންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު