ENGLISH

21 އޭޕްރީލު 2025

Advertisement

ރަމަޟާން މަހުގެ ކުރިން ގެދޮރުވެރިޔާ ފްލެޓް ލިސްޓް ޢާއްމުކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

09 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ގަ. ދެއްވަދޫގައި ރަޢީސް މީޑިއާތަކަށް މަޢުލޫމާތުދެއްވަނީ

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން، "ގެދޮރުވެރިޔާ" ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް ނެރެދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. 

ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ލިސްޓު ރިވިއުކޮށް، ވީހާވެސް އަވަހަކަށް ފްލެޓްތައް ހަވާލުކުރާނެ ކަމަށެވެ. 

"އަލަށް އަޅުގަނޑު ގެނައި ބަދަލުގެތެރެއިން ހައުސިންގ މިނިސްޓްރީގެ މަސައްކަތް މިވަނީ މިނިސްޓަރ މުއްޠަލިބްގެ މެންޑޭޓްގެ ތެރެއަށް ލެވިފައި. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެދިޔަ މަސައްކަތްތައްވެސް ރިވިއުކޮށް ވީހާވެސް އަވަހަކަށް އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް އެކަންކުރުމުގެ މަސައްކަތް މިހާރު އޮތީ ފަށާފަ" ރަޢީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މައިގަނޑު ގޮތެއްގައި ފަރުމާކުރާނީ ސަރަހައްދީ އުސޫލުން ކަމަށާއި، ވަކި ސަރަހައްދެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކު ހޯދާނެ ކަމަށާއި، އެއީ ޚަރަދު ކުޑަވާނެ މަޝްރޫއުތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ކުރީ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން އެ ސަރުކާރުން ވަނީ ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓެއް އާންމުކޮށްފަ އެވެ. ނަމަވެސް އެ ލިސްޓާ ގުޅޭ ގޮތުން މައްސަލަ ހުށަހެޅުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ލިސްޓުކޮށްފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށް ވިދާޅުވެފއވެ. 

އޭސީސީން ހުށަހެޅި މި މައްސަލައިގެ ސަބަބުން މި ސަރުކާރަށް މަޖުބޫރުވީ މި ލިސްޓުގެ ފުރިހަމަ ރިވިއުއެއް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު