ENGLISH

05 ޖުލައި 2025

Advertisement

ޙަވާލުވިއިރު އޮތް ހާލަތުން އަރައިގަނެވިއްޖެ، މިހާރު މިވަނީ ކުރިއަށް ދިއުމުގެ މަރުހަލާއަށް އާދެވިފައި: ރައީސް

09 ޖެނުއަރީ 2025

|

ހަސަން އާމިރު

މި ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ސަރުކާރާ ހަވާލުވި އިރު އޮތް ހާލަތުން އަރައިގަތުމަށް ކަމަށާއި އެހެން ނަމަވެސް އެކަމުން އަރައިގަނެވި މިހާރު މިވަނީ ކުރިއަށް ދިއުމުގެ މަރުހަލާއަށް އާދެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެެއިން ގއ. ދެއްވަދޫ އަށް މިއަދު ހެނދުނު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އިތުރު ތަފްސީލަކަށް ވަޑައިނުގެންނެވި ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މައިގަނޑު ގޮތެއްގައި އެންމެ ބޮޑު މައްސަލައަކަށް ދިމާވީ އިގްތިސާދީ ހާލަތު ކަމަށެވެ.

"މި ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ސަރުކާރާ ހަވާލުވި އިރު އޮތް ހާލަތުން އަރައިގަތުމަށް. އިތުރު ތަފްސީލަކަށް ނުދިޔަސް ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އިގްތިސާދީ ހާލަތު މައިގަނޑު ގޮތެއްގައި. އެހެން ނަމަވެސް އެކަމުން އަރައިގަނެވި މިހާރު މިވަނީ ކުރިއަށް ދިއުމުގެ މަރުހަލާއަށް އާދެވިފައި. އެހެންވީމާ މި އަހަރަކީ ހަމަ ހަގީގަތުގައި ވެސް ދެންމެ އަޅުގަނޑު މި ދެންނެވި ކަންކަމާއި އޭގެ އިތުރަށް ވެސް އިތުރު ކަންކަން ކޮށްދިނުމުގެ އަމަލީ ސިފަ އަންނާނެ އަހަރު އިރާދަކުރެއްވިއްޔާ. އެެހެންވީމާ އެ ޢަޒުމުގައި އަޅުގަނޑުމެން މަސައްކަތް ކުރުމުގެ ސާބިތުކަމާ އެކު ރައްޔިތުންނާ އެކު ކުރިއަށްދާނެކަމުގެ ޔަގީންކަން ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއީ ރައްޔިތުން ހޮވާފައި އޮތް ސަރުކާރެއް ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން މި ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.

ސަރުކާރުން ބޭނުންވާ ސްޕީޑްގައި މިދިޔަ އަހަރު މަސައްކަތްތައް ކުރިއަށް ނުގެންދެވުނީ ވެރިކަމާހަވާލުވެވަޑައިގެންނެވި އިރު ވާރުތަވެފައި އޮތް ބަޖެޓުގެ ސަބަބުން ކަމަށް އެކިއެކި ހަފުލާތަކުގައި ތަކުރާރުކޮށް ރައީސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި އަހަރާއި އަންނަ އަހަރު ބައްލަވާނީ މަޝްރޫއުތަކަށް ޢަމަލީ ސިފަ ގެނައުމަށް ކަމަށާއި ނުފެށި ހުރި މަޝްރޫޢުތައް ފެށުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު