ENGLISH

21 އޭޕްރީލު 2025

Advertisement

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއް މި މަހު ބާއްވަނީ

09 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ފޮޓޯ: ރައްޔިތުން މަޖިލިސް

ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ދެ ޖަލްސާއެއް މި މަހު ބާއްވަން ނިންމަވައިފިއެވެ. 

މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވަނީ މި ޖަލްސާތައް ބާއްވަން ނިންމާފައިވާކަން ކަށަވަރު ކޮށްދީފައެވެ. 

މި މަހު 16 އަދި 20 ވަނަ ދުވަހު މި ޖަލްސާތައް ބާއްވަން ނިންމާފައިވާ ކަމަށް މެމްބަރު ފަލާހު ވިދާޅުވިއެވެ. މި ޖަލްސާތަކަކީ މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަށާއި އިތުރު އެހެން ބައެއް މަސައްކަތްތައް ނިންމުމަށް ބާއްވާ ޖަލްސާތަކެކެވެ. 

މެމްބަރު ފަލާހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އައްޔަންކުރަން ޖެހޭ އިރު، މަޖިލީހުގެ އަންނަ ދައުރު ނުފެށެނީސް އެ މުއްދަތު ހަމަވާކަމަށާއި، އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމުގެ މަސައްކަތް މަޖިލީހުގެ މިދިޔަ ދައުރު ނިމުނުއިރު އޮތީ ނުނިމި ކަމަށެވެ. އެހެންކަމުން މި މަސައްކަތް ދައުރުން ބޭރުން ބާއްވާ ދެ ޖަލްސާގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފަހު ދައުރު ނިންމާލައި މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިއަހަރުގެ ފުރަތަމަ ދައުރު ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގަވެ.

ކިޔުންތެރިންގެ ހިޔާލު