ENGLISH

21 އޭޕްރީލު 2025

Advertisement

ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ އެންމެ ބޮޑު މުއްސަނދިކަމެއް ހޯދެން އޮތީ މަސްވެރިކަމުން: ރައީސް

09 ޖެނުއަރީ 2025

|

ހަސަން އާމިރު

ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ އެންމެ ބޮޑު އާމްދަނީއެއް ޖީޑީޕީގެ ނިސްބަތުން ހޯދެން އޮތީ މަސްވެރިކަމުގެ ސިނާޢަތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެެއިން ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ގއ. ދެއްވަދޫ އަށް މިއަދު ހެނދުނު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މަސްވެރިކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް ބޮޑު އިންޑަސްޓްރީއެއް ކަމަށާއި އެހެންވެ ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި މަސްވެރިންގެ އުއްމީދުތަކާ ގުޅޭ ގޮތުން ކަންކަން ފަހިކޮށްދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެންމެ ފުރަތަމަ އެންމެ އިސްކަމެއްގެ ގޮތުގައި ދަންނަވާލާނީ އަޅުގަނޑުވީ ވަޢުދު ފުރިހަމަކުރުމަށް. އެ ގޮތުން މިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ދަނީ ފައިސާ ދެމުން. ކުރިއަށް އޮތް ތަނުގައި މަސްވެރިންގެ ކަންބޮޑުވުންތައް އަދި މަސްވެރިންގެ ޚިޔާލާ އެކު އަޅުގަނޑުމެން ދާނީ ފުރިހަމަ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަން ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރައްވާ ކަމަށާއި ބޭރުގެ އެހީތެރިކަން ހޯދައިގެންނާއި ސަރުކާރުގެ ބަޖެޓުގެ ތެރޭން ވެސް މަސްވެރި ސިނާއަތް ފުޅާކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. މަސްވެރިންނަށް އެ އިންޑަސްޓްރީގައި ކުރިއަށް ދިއުމަށް ފަހިކޮށްދިނުމަށް އަދި އިތުރު ފަރާތްތައް ވެސް މި އިންޑަސްޓްރީ އަށް ވަނުމަށް ހިތްވަރު ލިބޭނެ ގޮތަށް ކަންކަން ފުރިހަމަކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

މަސްވެރިކަމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ސިނާއަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޭރުގެ އެހެން ތަންތަނުގައި ހިނގާ ނުރައްކާތެރި ކަންކަމާއި ހާދިސާތަކާ ސީދާ އެހާ ބޮޑަށް ގުޅިފައި އަތް އަޅުގަނޑުމެންނަށް ކުރިއެރުވެން އޮތް އަޅުގަނޑުމެންގެ ލޭނާރު ކަމަށެވެ.

އެހެންވެ ސަރުކާރުން ކުރިއަށް ދަނީ އެ ވިސްނުމުގައި މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވަން ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު