ENGLISH
05 ޖުލައި 2025
ވަޒީރު ޠާރިޤު އިބްރާޙިމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފު ޖަމީލްއާ ބައްދަލުކުރައްވައިފި
09 ޖެނުއަރީ 2025
|
ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ މަޢުރޫފު ޖަމީލްއާ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކުނި މެނޭޖްކުރުމުގެ ދާއިރާ އާއި ވައިގެ ފެންވަރު ބެލުމުގެ މަސައްކަތްތަކުގައި ދެ ފަރާތުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.
ވަޒީރު ޠާރިޤު އިބްރާހީމާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ބޭއްވި މި ބައްދަލުވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެކެވެ.
ކުނި މެނޭޖްކުރުމާއި ވައިގެ ފެންވަރު ބެލުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށްވާތީ، މި ދާއިރާތަކުގައި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.