ENGLISH

21 އޭޕްރީލު 2025

Advertisement

މިދިޔަ ހުކުރު ދުވަހު މާލެ އަށް 161.9 މިލިމީޓަރުގެ ވާރޭވެހުނު، މިއީ ރެކޯޑެއް!

09 ޖެނުއަރީ 2025

|

ޢަލީ ޝާހީން

މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެއަށް 161.9 މިލިމީޓާރުގެ ވާރޭވެހުނު ކަމަށާއި އެއީ 24 ގަޑިއިރު ތެރޭ މާލެއަށް މިހާ ބޯކޮށް ވާރޭވެހުމުގެ ރެކޯޑެއް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްޑީއޭ) އިން ވިދާޅުވެއްޖެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްޑީއޭ) ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެއާއި މާލެއަާށް ކުރި ވިއްސާރާގެ އަދާހަމަ ހިއްސާކޮށްފައެވެ. 

އެ އެތޯރިޓީން ހާމަކުރެއްވި ގޮތުގައި މި މަހުގެ ތިންވަނަ ދުވަހުގެ 15:00 އިން 18:00 އާ ހަމައަށް ތިން ގަޑިއިރު ތެރޭގައި މާލެއަށް 109.8 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެއީ ވެސް ރެކޯޑެއް ކަމަށް އެ އޮތޯރިޓީން ވިދާޅުވެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދިޔަ ހުކުރު ދުވަހު ކުރި ބޯ ވިއްސާރާގައި ހަމައެކަނި މާލޭގެ ގެތެކަށް ލިބުނު ގެއްލުމުގެ އަދަދު 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ވަނީ ވިދާޅުވެފައެވެ.

ފެންބޮޑުވުމުގެ ހާދިސާއަށް އިޖާބަދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން 20,000 ގޯނި ވެލި ބަސްތާ ފޯރުކޮށްދެއްވި ކަމަށާއި ފެންބޮޑުވެގެން އެކިއެކި އެހީތެރިކަމަށް އެދި 740 އަށްވުރެ ގިނަ ތަނަކުން ރިޕޯޓްކުރި ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޭގެ އާއި އެކިއެކި ވިޔަފާރިތަކާއި ސްކޫލްތަކާއި ގުދަންތައް ހިމެނެއެވެ.

ފެންބޮޑުވުމާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތަކަށް އެކުވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަންޖެހޭ ކަމަށް މާލެއިން 145 ގޭބީސީއެއް ފާހަގަކުރެވުނު ކަމަށް ވެސް އެ އޮތީރިޓީން ވިދާޅުވިއެވެ.

އޭގެ ތެރެއިން 115 ގެއެއްގެ އެސެސްމަންޓް މިހާރު ވަނީ އެއްކޮށް ހަދާ ނިމިފައި ކަމަށާއި 13 ގެއަކުން އެސެސްމަންޓް ހަދަން ބޭނުންނުވާ ކަމަށް އަންގާފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެފައިވެއެވެ. އަދި ވެރިފަރާތަށް ނުގުޅިގެންނާއި ގެއަށް ނުވަދެވިގެންނާއި އަދިވެސް އިތުރު ސަބަބުތަކާއި ހެދި އެސެސްމަންޓް ހަދަންޖެހޭ ތަނަށް ނުވަދެވުމުގެ ސަބަބުން 17 ތަނެއްގެ އެސެސްމެންޓް ނެހެދޭ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވެފައި ވެއެވެ.

އެންޑީއެންއޭއިން ހެދި އެސެސްމެންޓުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، 

  • ޖެނުއަރީ 3 ވަނަ ދުވަހު ކައްކާ ކައިބޮއި ހެދުމަށާއި ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން ރިޕޯޓުކުރި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓު ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބީސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމް ދެ ދުވަހަށް ހަމަޖައްސައިދިން
  • ފެންބޮޑުވެގެން 8 ރަށަކުން ރިޕޯޓުކުރި. އެއީ ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. މަގޫދޫ، އދ. މާމިގިލި، ކ. ގުރައިދޫ، ފ. ފީއަލި އަދި ކ. ހިންމަފުށި. އޭގެ ތެރެއިން 4 ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެ ރިޕޯޓުކޮށްފައިވޭ
  • އުދަ އެރުމުގެ ސަބަބުން 2 ރަށަކުން ރިޕޯޓު ކުރި. އެއީ ރ. އިނގުރައިދޫ އަދި ށ. ނަރުދޫ
  • ދަނޑު ބިންތަކާއި ވިޔަފާރިތައް ނުހިމަނާ، އަތޮޅު ތެރޭގެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން 8 ލައްކައަށް އަރާ 
  • ފެންބޮޑުވުމުގެ އޮޕަރޭޝަނަށް 61،500 ރުފިޔާ ހަރަދުވި އަދި ހާލުގައި ޖެހުނު ފަރާތްތަކަށް ކެއުން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމަށް ރިލީފްގެ ގޮތުގައި 2 ލައްކަ ރުފިޔާ ޚަރަދުވި

މީގެ އިތުރުން މިދިޔަ މަހުގެ 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގައި ވެސް 11 ގެއަކުން 46 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ.

މިއީ މިހާތަނަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަންކަން ފާހަގަކޮށް އެންޑީއެމްއޭއިން ވިދާޅުވީ، މި ހާދިސާގައި ގެއްލުން ލިބުނު މާލޭގެ ގެތަކުގެ އިތުރުން އަތޮޅުތަކުގެ ގެތަކަށް އެހީ ފޯރުކޯށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު