ENGLISH

21 އޭޕްރީލު 2025

Advertisement

އުމްރާވެރިން ހާލުގައި ޖެއްސި ކުންފުންޏަށް އުސޫލުގެ ދަށުން ފިޔަވަޅު އަޅާނަން: ޝަހީމް

09 ޖެނުއަރީ 2025

|

ޢަލީ ޝާހީން

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު.

އުމްރާވެރިން ހާލުގައި ޖެއްސި ކުންފުންޏަށް އުސޫލުގެ ދަށުން މިއަދު ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޝައީދު ވިދާޅުވެއްޖެއެވެ. 

ސޯޝާލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، ހާލުގައި ޖެހުނު އުމްރާވެރިން މާދަމާ މާލެ ގެނެވޭތޯ މަސައްކުރައްވަމުން އަންނަ ކަމަށާއި އެމީހުން ތިބި ހޮޓަލުން ނުކުންނަން ޖެހޭތީވެ އެމީހުން ފުރަންވަންދެން ހައްޖު ކޯޕަރޭޝަނުގެ އެހީތެރިކަމުގައި ތިބޭނެ ކަމަށެވެ. 

ހާލުގައި ޖެހުނު އުމްރާވެރިންގެ ތެރޭގައި 12 އަހަރުގެ 3 ކުދިން ތިބި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން، އަލް ހިޖްރަ ގްރޫޕުގެ ހަވާލުގައި އުމުރުގާ އަޅުކަމަށް ގޮސް، ރާާއްޖެ ނާދެވި ސައުދީ އަރަބިޔާގައި ތާށިވި 24 މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައްޖު ކޯޕަރޭޝަނުން ވެސް ވަނީ ބުނެފައެވެ. 

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާލުގައި ޖެހުނު މީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެ ދަށުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީނުވެ ސަރުކާރުން ނުތިބޭނެ ކަމަށާއި، ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

ވަޒީރު ވަނީ އުމްރާވެރިންނާ މެދު އިހްމާލުވި ހިޖުރަ ގްރޫޕްގެ ވެރިންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު