ENGLISH
21 އޭޕްރީލު 2025
ހަތަރު މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އިންޑިއާއިން ރާއްޖެއަށް ދެނީ
08 ޖެނުއަރީ 2025
|
ރާއްޖޭގެ ދިފާއީ ވަޒީރު ޣައްސާނު މަޢުމޫނު އިންޑިއާގެ އަސްކަރިއްޔާގެ އިސް ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވަނީ
އިންޑިއާއިން ރާއްޖޭގެ ގައުމީ ދިފާއި ބާރު (އެމްއެންޑީއެފް) އަށް ހަތަރު މިލިއަން ޑޮލަރުގެ ދިފާއީ އާލާތްތައް ދީފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރާފުޅާ ގުޅިގެން އިންޑިއާާގެ ޑިފެންސް ވިންގުން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން އެދިގެން ދިފާއީ އާލާތްތަކެއް ދީފައިވާ ކަމަށެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ވިއޯން"އިން ބުނީ އިންޑިއާއިން ހަދިޔާ ކުރީ އެމްއެންޑީއެފަށް ބޭނުންވާ ވެހިކަލްތަކާއި އަދި އެމްއެންޑީއެފްގެ ކަނޑުގެ އުޅަނދުތަކަށް ބޭނުންވާ ސަމާނު ކަމަށެވެ.
<br>
އެ ތަކެތީގެ އަގު ޖުމްލަ ހަތަރު މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް އެ ނޫހުން ބުނެފައިވެ އެވެ.
ޣައްސާން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންނާ އެކު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެގޮތުން އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ އުތުރު ތިލަފަޅުގެ ޕްރޮޖެކްޓްގެ ދުވެލި އަވަސްކުރަން މަޝްވަރާކުރިކަމަށް ވެސް ވިއޯން ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގު ވިދާާޅުވީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ތަމްރީނާއި، ގަވާއިދުން ކުރިއަށްގެންދާ ޑްރިލްތަކާއި، ވޯކްޝޮޕްތައް އަދި ސެމިނާތަކުގެ އިތުރުން ދިފާއީ އާލާތްތައް ސަޕްލައި ކުރުން ފަދަ ހުރިހާ ދާއިރާއަކުން ވެސް އިންޑިއާއިން ރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އިތުރުކުރަން މަގުތައް ފަހިކޮށްދެމުންދާނެ ކަމަށެވެ.