ENGLISH

21 އޭޕްރީލު 2025

Advertisement

ހާލުގައި ޖެހުނު 24 ޢުމުރާވެރިން ހައްޖު ކޯޕަރޭޝަނުގެ އެހީގައި މާލެ ގެންނަނީ

08 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

އަލް ހިޖްރަ ގްރޫޕުގެ ހަވާލުގައި އުމުރުގާ އަޅުކަމަށް ގޮސް އުޅެނިކޮށް ރާާއްޖެ ނާދެވި ސައުދިއަރަބިޔާގައި ތާށިވި 24 މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު 'އެކްސް' ގައި ވިދާޅުވީ ހާލުގައި ޖެހުނު މީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީނުވެ ސަރުކާރުން ނުތިބޭނެ ކަމަށާއި، ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.

އަލް ހިޖްރަ ގްރޫޕުން މީހުން އުމުރާއަށް ގެންދަން ނެގީ އެއްކޮޅު ޓިކެޓް ކަމަށްވެ އެވެ.

ހިޖްރަ ގްރޫޕުން ފޭސްބުކްގައި އާއްމުކުރި ބަޔާނެއްގައި ބުނީ އުމުރާވެރިން ރާއްޖެ ގެނައުމަށްޓަކައި ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ.

"އެހެންނަމަވެސް އަދި މިއަދާއި ހަމައަށްވަނީ މިކަމުގައި ކުރިމަގެއް ނުފެނިފަ އެވެ" ގްރޫޕުން އާއްމުކުރި ބަޔާނެއްގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު