ENGLISH

21 އޭޕްރީލު 2025

Advertisement

ދަނޑުވެރިކަން ފުޅާކުރެއްވުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއް: ރައީސް

08 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރެއްވުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ގއ. އަދި ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ ނިލަންދޫގެ ދަނޑުވެރިންގެ އުދެއްދުންތަކަށް ދާއިމީކޮށް މާކެޓް ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރެއްވުމަށް، ދަނޑުވެރިކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ދާއިރާއެއް ކަމަށެވެ. 

"ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ ވަރަށް މުހިންމު ސިޔާސަތެއް، ދަނޑުވެރިކަމަކީ މި ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބަލާއިރުގައި ވަރަށް ބޮޑަށް ސަމާލުކަންދޭ ދާއިރާއެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެއަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމަށް ޚާއްސަ މަސައްކަތްތަކެއް ވެސް ސަރުކާރުން މިވަނީ ފަށާފައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން އިތުރުކުރެއްވުމަށްޓަކައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.

ގާތްގަނޑަކަށް 700 މީހުންގެ އާބާދީއެއް ދިރިއުޅޭ ނިލަންދޫގެ އިގްތިސާދު ބިނާވެފައިއޮތީ ދަނޑުވެރިކަމުން ލިބޭ އާމްދަނީގެ މައްޗަށެވެ. 

ރައީސް ޑރ. މުޢިއްޒު ވަނީ ނިލަންދޫގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު