ENGLISH

21 އޭޕްރީލު 2025

Advertisement

ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ ދެމިއޮންނާނެ: އިންޑިއާގެ ދިފާޢީ ވަޒީރު

08 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ރާއްޖޭގެ ޑިފެންސް މިނިސްޓަރ ޣައްސާން އިންޑިއާގެ ދިފާއީ އޮފިޝަލުންނާ މަޝްވަރާ ކުރައްވަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

އިންޑިއާގެ ނެއިބަހޫޑް ފަސްޓް ޕޮލިސީގައި ރާއްޖެއަށް ޚާއްސަ ޖާގައެއް ދެވިފައިވާ ކަމަށާއި، ދިވެހި އަސްކަރިއްޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް އެ ގައުމުގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންގް މިއަދު ވިދާޅުވެއްޖެ އެވެ.

ތިން ދުވަހުގެ ރަސެްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ދިފާޢީ ވަޒީރު ޣައްސާނު މައުމޫނު ވަނީ އިންޑިއާއަށް މިއަދު ވަޑައިގެންފަ އެވެ. ވެރިރަށް ނިއު ދިއްލީން ޣައްސާނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާއިރު، ދެ ގައުމުގެ ދިފާޢީ ވުޒާރާގެ އިސް ބޭފުޅުންގެ ދެމެދުގައި މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖެ-އިންޑިއާ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ވިދާާޅުވީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ތަމްރީނާއި، ގަވާއިދުން ކުރިއަށްގެންދާ ޑްރިލްތަކާއި، ވޯކްޝޮޕްތައް އަދި ސެމިނާތަކުގެ އިތުރުން ދިފާއީ އާލާތްތައް ސަޕްލައި ކުރުން ފަދަ ހުރިހާ ދާއިރާއަކުން ވެސް އިންޑިއާއިން ރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އިތުރުކުރަން މަގުތައް ފަހިކޮށްދެމުންދާ ކަމަށެވެ.

ރަޖްނާތު ވިދާޅުވި ގޮތުގައި އޮކްޓޫބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައި އޮތް ގުޅުމަށް ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދަށް ހަމަޖެހުމާއި ތަނަވަސްކަން ގެނައުމަށް އިސްކަންދޭ އިންޑިއާގެ ނެއިބަހުޑް ފަސްޓް ޕޮލިސީގައި އިންޑިއާއިން ޚާއްސަ ޖާގައެއް ރާއްޖެއަށްދޭ ކަމަށް ރަޖްނާތު ވިދާޅުވި އެވެ.

ޣައްސާން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރީގެ ހަބު، މުމްބާއީގައި ހުންނަ މަޒާގަން ޑޮކް ޝިޕްބިލްޑާސް ލިމިޓެޑާއި ގޯއާގެ ޝިޕްޔާޑަށް ޒިޔާރަތްކުރައްވަން ހަމަޖެހިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު