ENGLISH

21 އޭޕްރީލު 2025

Advertisement

ކަނޑުހުޅުދޫގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

08 ޖެނުއަރީ 2025

|

ހަސަން އާމިރު

ގއ. ކަނޑުހުޅުދޫގެ ތަރައްޤީއަށް ބޭނުންވެފައިވާ މުހިންމު ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެެއިން ކަނޑުހުޅުދޫ އަށް މިއަދު މެންދުރު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ ކަނޑުހުޅުދޫ ބަނދަރުގެ ޖާގަ ކުޑަވުމަކީ ރަށަށް ދިމާވެފައިވާ މުހިންމު މައްސަލައެއް ކަމަށާއި މި މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުގެ ބަޖެޓުގެ ތެރޭން އެ މަސައްކަތް ފަށައިދީ އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

"ސްކޫލް ހޯލުގެ މަސައްކަތް ނުހިނގާ ލަސްވާ މައްސަލަ ހައްލުކޮށް، ޖުމްލަކޮށް ކްލާސްރޫމުތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ސްކޫލުގެ ކެޕޭސިޓީ އިތުރުކޮށް އަދި އިތުރު ކްލާސްރޫމާއި މަލްޓިޕާޕޯސް ހޯލް ނިންމަދޭނެކަމުގެ ޔަގީންކަން ދެން. ސިއްހީ މަރުކަޒުން އެދިވަޑައިގެންނެވި ކަންކަމަށް އިޖާބަދީ މި އަހަރު ތެރޭގައި ރަނގަޅު ނަތީޖާއެއް ނެރެދޭނަން،" ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ކަނޑުހުޅުދޫގެ ކުޅިވަރު ދަނޑުގައި ފެންސްޖެހުމާއި ކުޅިބަލަން ތިބޭނެ ރޮސްޓްރަމް ޖާގަ އާއި ދަނޑުގެ ޓާފް ބަދަލުކޮށް އެތުލެޓިކްސް އަށް ބޭނުންކުރެވޭ ގޮތަށް މިއަހަރު ތެރޭގައި ފުރިހަމަކޮށްދެއްވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭން އެ ރަށުގެ ބިންހިއްކުމުގެ މަޝްރޫއެއް ހިންގައިދޭނެ ކަމަށާއި އޭގެ ފަހުން ރޯހައުސް މަޝްރޫއެއް ވެސް ކަނޑުހުޅުދޫގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު