ENGLISH
21 އޭޕްރީލު 2025
ޗައިނާގެ ސީޒާންގ ޕްރޮވިންސަށް އައި ބިންހެލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
07 ޖެނުއަރީ 2025
|
ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އާއި ރައީސް މުޢިއްޒު.
ޗައިނާގެ ސީޒާންގ ޕްރޮވިންސަށް އައި ބިންހެލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންގޕިންއަށް ފޮނުއްވި މެސެޖުގައި އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގެ ސަބަބުން ދިމާވި ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކުން ކާމިޔާބު ލިބުމަށް އެދިވަޑައިގެން، އެކަމުން އަރައިގަތުމުގެ ހިތްވަރާއި ސާބިތުކަމަށް އެދިވަޑައިގަންނަވަމުންނެވެ.