ENGLISH
21 އޭޕްރީލު 2025
ރަށްރަށުގެ ކަރަންޓުގެ މައްސަލަ ރޯދައިގެ ކުރިން ހައްލުކޮށްދެއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
07 ޖެނުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ފިޔޯރީއަށް ވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
އިތުރު ޖަނަރޭޓަރުތައް ގެނެސް އަންނަ ރޯދަ މަހުގެ ކުރިން ރަށްރަށުގައި ކަރަންޓަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުވަދޫ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމަށެވެ.
ރަނގަޅަށް މެއިންޓެއިން ނުކުރެވެމުގެ ސަބަބުން ފެނަކައިގެ އިންޖީނުގޭ ތަކުގެ ޖަނަރޭޓަރުތައް ހުރީ ހަލާކުވެފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި އެސްއޯއީތައް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އޭގެ ނަތިއްޖާ ކުރިއަށް ދެ މަސް ތެރޭގައި ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެންމެ ރަށެއްވެސް ދޫކޮށްނުލާ ހުރިހާ ރަށެއްގައި ޖަނަރޭޓަރުތަކުގެ މައްސަލަތައް ހައްލުކުރުމަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ އިންސްޓޯލްކޮށް ނިންމަން، މި ދެމަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، ރަމަޟާން މަހު ތިބޭފުޅުން ކަންބޮޑުވާންޖެހިވަޑައިނުގަންނަވާ ފެންވަރަށް މި ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަންތައް"" - ރައީސް މުއިއްޒު
ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ އަކީ އަބަދުހެން ދިމާވާ މައްސަލައަކަށްވާއިރު އެކަމަށް ހައްލެއް ހޯދިފައި ނެތުމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.