ENGLISH

21 އޭޕްރީލު 2025

Advertisement

ގްރޭޑް 8 އަދި 9 ގެ ދަރިވަރުން އޯލެވެލް އިމްތިހާން ހަދާގޮތަށް ބަދަލު ގެންނަވައިފި

07 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ދަރިވަރުންތަކެއް އޯލެވެލް އިމްތިހާނު ހަދަނީ-- ފޮޓޯ: ސޯޝަލް މީޑިއާ

އަންނަ އަހަރު ގްރޭޑް 8 އަދި 9 ގެ ދަރިވަރުން އޯލެވެލް އިމްތިހާން ހަދާގޮތަށް ބަދަލު ގެނެސްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގަވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރު އިސްމާއިލް ޝަފީއު ސޮއިކުރައްވައި، އިއްޔެ ހުރިހާ ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ސާނަވީ ނިންމާ އިމްތިހާންތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަ ކުރައްވާފައެވެ.

މި އަހަރު ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންގެ އޯލެވެލް އިމްތިހާނު އޮންނާނީ ކޮވިޑަށް ފަހު އަމަލު ކުރަމުން އަންނަ ގޮތަށް މެއި/ ޖޫން ގައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. 

ނަމަވެސް މިހާރު ގްރޭޑް 9 ގައި ކިޔަވާ ދަރިވަރުންނަށް އަންނަ އަހަރުގެ ފެބްރުއަރީ/ މާޗް ގައި އޯލެވެލް އިމްތިހާން އޮންނާނެ ކަމަށެވެ. އަދި ގްރޭޑް 8 ގައި ކިޔަވާ ކުދިންނަށް އޯލެވެލް އިމްތިހާން އޮންނާނީ އޮކްޓޯބަރު/ ނޮވެންބަރު މަހު ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ވިދާޅުވީ މި ބަދަލާ އެކު، މި އަންނަ އަހަރުގެ ދިރާސީ އަހަރު ނިންމާ އިމްތިހާނުތައް ބާއްވާނީ އޮކްޓޯބަރު/ ނޮވެންބަރު މަހު ކަމަށެވެ. އެގޮތަށް ދެން ހުރިހާ އަހަރެއްގައި ވެސް އަމަލު ކުރާނެކަން ފާހަގަ ކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު