ENGLISH
21 އޭޕްރީލު 2025
ޤައުމީ ކޮމްޕިއުޓަރ ނެޓްވޯކްގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރައްވަނީ
07 ޖެނުއަރީ 2025
|
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ހޯމް މިނިސްޓްރީ
ޤައުމީ ކޮމްޕިއުޓާ ވިއުގަ ނުވަތަ ނޭޝަނަލް ކޮމްޕިއުޓާ ނެޓްވޯކް (އެންސީއެން) ގެ ޚިދުމަތް ހަރުދަނާކޮށް، ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ބޭނުންވާ ދިރާސާ ހެދުމަށް ބޭރުގެ ކުންފުންޏަކާ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ހަވާލު ކުރައްވައިފިއެވެ.
އެ މަސައްކަތް ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ އެން-އޭބަލް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން ހޯމް މިނިސްޓްރީން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްގެ ދަށުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމެއް ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން ބުނީ ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ގައުމީ ކޮމްޕިއުޓަރ ވިއުގަ އަޕްގްރޭޑްކުރަން ނިންމާފައި ވަނީ ސޮފްޓްވެއަރ ޑިފައިންޑް ވައިޑް އޭރިއާ ނެޓްވޯކް (އެސްޑީވޭން) ޓެކްނޯލޮޖީއަށް ބިނާކޮށް ކަމަށެވެ.
އެސްޑީވޭން ޓެކްނޯލޮޖީއަކީ އިންޓަނެޓް މެދުވެރިކޮށް ރައްކާތެރިކަމާއެކު އެކި ޖިއޯގްރަފިކް ލޮކޭޝަންތަކުގައި ހުންނަ ބްރާންޗް އޮފީސްތައް ގުޅާލުމަށް ބޭނުންކުރާ ނެޓްވޯކް ޓެކްނޯލޮޖީއެކެވެ.
ނަމަވެސް ސަރުކާރުގެ ވަކިވަކި އިދާރާތަކާއި، އެ އިދާރަތުގެ ބްރާންޗް އޮފީސްތަކާއި، އަދި ބޭނުންކުރާ ސިސްޓަމްތަކުގެ އެކްސެސް ކައުންސިލްތަކަށް، އެއް ވިއުގައެއްގެ ތެރެއިން ދިނުމަށްޓަކައި މި ޓެކްނޯލޮޖީއަކީ ޓެކްނިކަލް އަދި މާލީގޮތުން ފީޒިބަލް ޓެކްނޯލޮޖީއެއްތޯ ދެނެގަތުމަށް އިތުރަށް ދިރާސާކުރަންޖެހޭ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
އެން-އޭބަލްއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 4 މަސް ދުވަހުން ނިންމާ ގޮތަށެެވެ.
އެންސީއެން އަކީ ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް އޮފީހުގެ އެތެރޭގައި ބޭނުންކުރާ އިންފޮމޭޝަން ސިސްޓަމްތައް ރަށު ކައުންސިލްތަކާއި ބްރާންޗް އޮފީސްތަކަށް ފޯރުކޮށްދިނުމާއި އަދި އެކި އިދާރާތަކުގެ މެދުގައި ޑޭޓާ ރައްކާތެރިކަމާއި ހިއްސާކުރުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) އާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގާއިމްކޮށްފައިވާ ކޮމްޕިއުޓާ ވިއުގައެކެވެ.