ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ ފިޔޯރީ އަށް ވަޑައިގެންފި

07 ޖެނުއަރީ 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފިޔޯރީ އަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

ފިޔޯރީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށްޓަކައި އެރަށުގެ ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. ފިޔޯރީގެ ރައްޔިތުންނާ ރައީސް ބައްދަލު ކުރެއްވުން މިރޭ އޮންނާނެ އެވެ.

ފިޔޯރީ އަކީ ހުވަދުއަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ހަތަރު ވަނަ މަންޒިލެވެ. އެމަނިކުފާނު މިއަދު ވަނީ ގދ. ހޯނޑެއްދޫ އާއި ނަޑެއްލާ އަދި ވާދޫ އަށް ވަޑައިގެންފަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހުވަދު އަތޮޅުގެ ނުވަ ރަށަކަށް ވަޑައިގަންނަވާނެއެވެ.  

ކިޔުންތެރިންގެ ހިޔާލު