ENGLISH
21 އޭޕްރީލު 2025
ވާދޫގައި ތަޢުލީމު ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދޭންޖެހޭ: ރައީސް
07 ޖެނުއަރީ 2025
|
ގދ. ވާދުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް ހާއްސް އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު ވާދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާއާ ގުޅޭ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެރަށުން ވަރަށް ގިނަ ބޭފުޅުން ހިއްސާކުރެއްވި ކަމަށެވެ.
"މި ސްކޫލަކީ މިރަަށަށް ހާއްސަ ތަނެއް، މި ރަށަކީ ތައުލީމީ ރަށެއް، ފަހުރުވެރި މާޒީއެއް އޮތް ވާދޫ ދަންނަކަލޭފާނުގެ ރަށް، މި ރަށަށް ސަރުކާރުތަކުން ދެންޖެހޭ އަހަމިއްޔަތުކަން ހާއްސަކޮށް ތައުލީމީ ދާއިރާ ކުރިއަރުވަން، އެއީ އަޅުގަނޑު މި ރަށުގެ ތައުލީމީ ދާއިރާއާ ދެތެރޭގައި ދެކޭ ގޮތަކީ،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި މާއްދާ ކިޔަވައިދޭނެ ޓީޗަރެއް ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. ޓީޗަރެއް ނެތިގެން ކިޔަވައި ނުދިނުމަކީ ޤަބޫލުކުރައްވާ ސިޔާސަތެއް ނޫންކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި ވާދޫގައި ހިންގޭނެ އުމްރާނީ ތަރައްގީގެ އެންމެ މުހިންމު މަސައްކަތަކީ އެރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމެވެ.
"އަޅުގަނޑު މިއަދު މިދޭ ޔަގީންކަމަކީ އަލަން ތަންފީޒު ކުރުމަށް މި ފަށާ ބަޖެޓުގެ ތެރެއިން އެންމެ އިސްކަންދޭ އުމުރާނީ ތަރައްޤީގެ މަސައްކަތަކަށް ވާނީ މިރަށުގައި ހަދަންޖެހޭ މައި މަގުތައް ހަދައިދިނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ވާދޫގެ ރައްޔިތުންނާއި ކައުންސިލުން ރައީސް ޑރ. މުޢިއްޒު އާއި ހިއްސާކުރެއްވި ކަންކަމަށް ހައްލުހޯދަވައިދެއްވާނެކަމުގެ ޔަަގީންކަން އެމަނިކުފާނުދެއްވިއެވެ. އޭގެ ތެރޭގައި ސްކޫލަށް ބޭނުންވާ ކަންކަމާއި ސިއްހީ މަރުކަރަށް ބޭނުންވާ ކަންކަންވެސް ހިމެނެއެވެ.