ENGLISH
21 އޭޕްރީލު 2025
މާލެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
07 ޖެނުއަރީ 2025
|
ފުލުހުނގެ ވެހިކަލެއް --- ފޮޓޯ: ފުލުހުން
މާލޭ ގެއެއްގެ ތެރޭ ނިޔާވެފައޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖްގައި ވިދާޅުވީ، މީހަކު ނިޔާވެގެން އައިޖީއެމްއެޗް އަަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 09:53 އެހާކަށް ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ނިޔާވެފައިވަނީ މ. ތަރިވިލާގެ ހުސައިން އަހްމަދު، 41، އެވެ. ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަަށެވެ.
އަދި މި މައްސަލަ ގެންދަނީ ތަހުޤީޤު ކުރަމުންކަމަށް ފުލުހުން ވިދާޅުވިއެވެ.