ENGLISH

06 ޖުލައި 2025

Advertisement

ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމު އިފްތިތާހުކޮށްފި

07 ޖެނުއަރީ 2025

|

ހަސަން އާމިރު

ގދ. ހޯނޑެއްދޫގައި ޤާއިމުކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވައިފިއެވެެ.

ތިރީސް ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން، ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށާފައި ވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. 

ހޯނޑެއްދޫގެ މި މަޝްރޫޢުގައި ނަރުދަމާގެ ފަސް ޕަމްޕް ސްޓޭޝަން ޤާއިމުކުރުމާއި، ސީ އައުޓް ފޯލް އެޅުމާއި، މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގަ އެޅުމާއި، ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރުމަށް ދެ ޓޭންކް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު