ENGLISH

21 އޭޕްރީލު 2025

Advertisement

މީހުން ވަޅުލުމަށް ކޮންނަ ވަޅުގެ ފެންގަނޑު ނުހިނދޭތީ، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި

07 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ހުޅުމާލެ ސަހަރާގައި ކޮނުނު ވަޅެއްގެ ފެންގަނޑު ނުހިނދި؛ މިކަން ދިމާވީ ބޯކޮށް ވާރޭ ވެހުނު ފަހުން-- ފޮޓޯ: ސިޓީ ކައުންސިލް

ވިއްސާރައިގެ ސަބަބުން ފެންފަށަލަ ތިލަވެ، މީހުން ވަޅުލުކަށް ކޮންނަ ވަޅުތަކުގައި ފެން ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި 8 އިންޗި އާއި 9 އިންޗިއާ ދެމެދު މިންވަރަކަށް ފެން ހަރުލާފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައިވާކަން އެ ކައުންސިލުން ފާހަގަކުރެ އެވެ.

"މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ވާހަކަ ހިތާމައާއި އެކު ދަންނަވަމެވެ،"" - ބަޔާނުގައިވެއެވެ. 

ސިޓީ ކައުންސިލުން ބުނީ މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލޭ އާސަހަރާ މިސްކިތުގައި ކަމަށެވެ.

މީގެކުރިން ވެސް ވިއްސާރައިގެ ސަބަބުން ފެން ނުހިދިގެން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލި އެވެ.

ކިޔުންތެރިންގެ ހިޔާލު