ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޑީޕީން ނުދީ ހުރި 500 މިލިއަން ރުފިޔާ އަންނަ ހަފުތާގައި ދޫކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

07 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ރައީސް ވާހަކަފުޅު ދައްކަވަނީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާ ދޭނެ ކަމަށް ބުނެ ކުރުވާފައިވާ މަސައްކަތްތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 500 މިލިއަން ރުފިޔާ އަންނަ ހަފްތާގެ ތެރޭގައި ދޫކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގދ. ހޯނޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ވެރިކަމުން ފައިބައިގެން ދިޔަ އިރު މިފަދަ އެތައް ކުންފުންޏަކަށް އެތައް ފައިސާއެއް ނުދީ ހުރި ކަމަށެވެ.

"އަންނަ ހަފްތާގައި ސަރުކާރުން 500 މިލިއަން ރުފިޔާ ދޫކުރާނެ ދިވެހި ކުންފުނިތަކަށް. މީގެތެރޭގައި ކުދި އަދި މެދުފަންތީގެ ކުންފުނިތައް ހިމެނޭ. ކުރީ ސަރުކާރުން މަސައްކަތްކުރުވާފައި ފައިސާ ނުދީ އެތައް ކުންފުންޏެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވަނީ ރޯދަ މަސް އައުމުގެ ކުރިން މި ހިނގާ ޖެނުއަރީ މަހާއި އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ނުދީ ހުރި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުމަށްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ފެނަކަ، އާރްޑީސީ، އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުން، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް މަސައްކަތްކުރުވާފައި ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކަމުން ގައުމަށް ތަރައްގީ ގެނައުން ކަމަށެވެ. އަދި އެކަން ކުރާނީ ފައިސާ ޗާޕުނުކޮށްކަމަށް ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު