ENGLISH

21 އޭޕްރީލު 2025

Advertisement

ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ ކަޅު ބާޒާރު މުޅިން ނިމުމަކަށް ގެނެވޭނެ: މެމްބަރު ރިފާޢު

07 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ރިފާޢު ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ ކަޅު ބާޒާރު މުޅިން ނިމުމަކަށް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރިފާޢު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވާފައިވާ، ބޭންކުތަކަށް ބޭރު ފައިސާ މާރުކުރުމާ ބެހޭ ޤާނޫނުގެ ސަބަބުން، ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަށް އަަވަސް ހައްލެއް ލިބިގެންދާނެއެވެ. 

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ ވަރަށް މަތީގައިކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ ދެގުނަ ވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުމަކަށް ގެނައުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށެވެ. 

މެންބަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށުމާއެކު، އެމްއެމްއޭއިން ބޭންކުތަކަށް 60 އިންސައްތަ ޑޮލަރު ދޫކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރީގެ ބޭނުންތަކަށް ބޭންކުތަކުން ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުވެ، ވިޔަފާރިތަކަށް ފަހިކަން ލިބި، ބްލެކް މާކެޓުން ޑޮލަރު ގަތުން މަދުވެގެންދާނެއެވެ. ނަތީޖާއަކަށް ވާނީ މިހާރު ފަހިކޮށް އޮތް ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވެެގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އަދި ދައުލަތުން ބޭރު ފައިސާއިން ލޯނު ދެއްކުމަށް ފަަސޭހަވުމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑޮލަރު ލިބުން ފަސޭހަ ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު