ENGLISH

06 ޖުލައި 2025

Advertisement

އެއާޕޯޓްގައި އެކްސިޑެންޓް ހިނގީ ކާރު ޑްރައިވަރަށް ސިއްޙީ ކުއްލި ހާލަތެއް މެދުވެރިވެގެން: ވީއައިއޭ

07 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

އެއާޕޯޓުގައި ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި، އެކްސިޑެންޓުވެފައި. ފޮޓޯ: ސޯޝަލް މީޑިއާ

އެއާޕޯޓުގައި އެކްސިޑެންޓް ހިނގީ ކާރު ޑްރައިވަރަށް ހާޓްއެޓޭކެއް ޖެހިގެން ކަމަށް އެމްއޭސީއެލްއާ ހަވާލާދީ އޭވިއޭޓާސްއިން ބުނެފިއެވެ.

މިއަދު ހެނދުނު ގާތްގަނޑަކަށް 9:45 ހާއިރު އެއާޕޯޓުގައި ޕިކަޕަކަށް ކާރެއް މުޑިއަރައި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ކާރުގެ ފަހަތު ސީޓުގައި އިން މީހައަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެގެން އެއާޕޯޓު ކްލިނިކުގައި ފަރުވާދިން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓް ހިނގައިފައިވަނީ ކާރު، ރޯޑް ޑިވައިޑަރުތަކަކާއި ވޭނެއްގައި ޖެހުމަށްފަހު ޕިކަޕްގެ ފަހަތުގައި ޖެހިގެންނެވެ.

ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ޓްރެފިކް ކޮންޓްރޯލް ކުރެވިފައިވާ ސަރަޙައްދަކަށްވާތީ އެއާޕޯޓްގައި މިފަދަ ޙާދިސާތައް ވަރަށް ނުހިނގައެވެ.

ކިޔުންތެރިންގެ ހިޔާލު