ENGLISH

21 އޭޕްރީލު 2025

Advertisement

މި އަހަރު ވެގެންދާނީ ތަރުތީބު ކުރެވިގެން ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރާ އަހަރަކަށް: ރައީސް

07 ޖެނުއަރީ 2025

|

ހަސަން އާމިރު

ރައީސް ހޯނޑެއްދޫ އަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މި އަހަރު ވެގެންދާނީ ތަރުތީބު ކުރެވިގެން، އެކި ރަށްރަށަށް، އެކި ދާއިރާތަކަށް ކެމްޕޭންތެރޭގައި ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރެވޭ އަހަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެެއިން މިއަދު ހެނދުނު ގދ. ހޯނޑެއްދޫ އަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން މި އަހަރު ތެރޭގައި ކުރާ މަސައްކަތްތަކުން އަމަލީ ގޮތުން ނަތީޖާ ފެންނާނެ ކަމަށެވެ. އަދި މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުތައް ފުދިގެންދާތަން ފެންނާނެ ކަމަށެވެ.

އެމަނިކުފާން ވިދާޅުވީ ކެމްޕޭން ތެރޭގައި ދެއްކެވި ވާހަކަފުޅުތަކާއި އަދި މެނިފެސްޓޯގައި ހުރި ކަންކަމަށް ވެސް ހޯނޑެއްދޫގެ އިތުރުން ރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް އަމަލީ ގޮތުން މި އަހަރު މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.

"އަޅުގަނޑު ރަށްރަށް މިދަނީ ރއްޔިތުންނާ ބައްދަލުކޮށް ރައްޔިތޔންގެ އަޑު އަހަން. ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން. ރައްޔިތުން ގާތަށް އައިސް ރައްޔިތުން ދައްކަވަން ބޭނުންފުޅުވާ ވާހަކަތައް އަޑުއަހަން. އަދި ރައްޔިތުން ވިދާޅުވާ ކަންކަމުގެ އެންމެ ރަނގަޅު ހައްލެއް ގެނެސްދިނުމަށް،" ގދ، އަދި ގއ، ގެ ނުވަ ރަަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހޯނޑެއްދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެމަނިކުފާން ހުރިހާ ވައުދެއްވީ ފުއްދުމަށް ކަމަށާއި ސަރުކާރުން އެންމެ އިސްކަންދޭ ކަމަކީ ވެސް ވަޢުދުތައް ފުއްދުން ކަމަށެވެ.

މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެއްބާރުލުމާ އެކީ މިހެދީ ވައުދުތައް ފުއްދުމުގެ ބޭނުމުގައި ކަމަށާއި މިއީ ވައުދު ފުއްދާ، ވައުދުތަކަށް އަމަލީ ސިފަ ގެނައުމުގެ ބަޖެޓެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

ކުރީ ސަރުކާރުގެ ދުވަސްވަރު މަސައްކަތްކޮަ، ރައްޔިތުންނަށް ދޭން ހުރި ފައިސާ އަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެކި ފަރާތްތަކަށް ދައްކަން ހުރި ފައިސާގެ ތެރޭން 500 މިލިއަން ރުފިޔާ ދިވެހި ކުންފުނިތަކަށް މި ހަފުތާގެ ތެރޭގައު ދޫކުރާނެ ކަމަށެވެ.

"ކުރީ ސަރުކާރު ދުވަސްވަރު ފެނަކަ، އާރްޑީސީ، އެމްޓީސީސީ، ވެމްކޯ ފަދަ ކުންފުނިތަކުން އާދައިގެ ކުންފުނިތައް ލައްވާކޮށްފައިވާ މަސައްކަތުގެ ތެރޭން ބޮޑު އަދަދެއްގެ ފައިސާ މި ޖެނުއަރީ، ފެބްރުއަރީ މަސް ތެރޭގައި ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ. ގައުމު ދަރަނިވެރިވިޔަ ނުދީ، ފައިސާ ޗާޕްނުކޮށް، ފައިސާގެ އަގު ހިފަހައްޓައިގެން ރައްޔިތުންނަށް ދޭން ހުރި ފައިސާ ދެމުން އަދި ރާއްޖޭން ބޭރަށް ދައްކަނބން ހުރި ފައިސާ ވެސް ދެމުން،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ހޯޑެއްދޫގައި ގާއުމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް ވެސް ރައީސް މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހޯނޑެއްދޫގައި އޭޓީއެމްއެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އާއި އެރަށު ކައުންސިލާ ދެމެދު އެވެ.

ރައީސްގެ ތިން ދުވަހުގެ ދަތުރުފުޅުގައި ހޯނޑެއްދޫގެ އިތުރުން ނަޑެއްލާ، ވާދޫ، ފިޔޯރީ، ރަތަފަންދޫ، ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށް ވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު