ENGLISH

21 އޭޕްރީލު 2025

Advertisement

މި އަހަރަކީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ އަހަރެއް: ވަޒީރު ޠާރިޤު

07 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އެ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

މި އަހަރުވެގެން ދާނީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ އަހަރަކަށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ އަހަރު މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން، ވުޒާރާ އިން ކަނޑައެޅި ގިނަ ލަނޑުދަނޑިތަކެއް ޙާޞިލުކުރެވިފައިވާ ކަމަށާ އަދި 2025 ވަނަ އަހަރަކީ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ އަހަރެއް ކަމަށެވެ. ވަޒީރު ވަނީ ވޭތުވެދިޔަ އަހަރު މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން

ފާއިތުވެ ދިޔަ އަހަރަކީ ވެސް އެ ތިމާވެއްޓާ ބެހޭ ވުޒާރާ އަށް ކާމިޔާބު އަހަރެކެވެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖެ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަކީ ރައީސުލްޖުމްހުރިއްޔާގެ އަމާޒުފުޅެކެވެ. ތިމާވެށީގެ ގޮތުން ނާޒުކު ޤައުމަކަށް ވިޔަސް ދިވެހިންނަކީ ވަޒަންދޫކޮށް ދާން ޖެހޭނެ ބަޔަކަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު