ENGLISH
21 އޭޕްރީލު 2025
އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
07 ޖެނުއަރީ 2025
|
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޕިކަޕަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 9:45 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިގެން އެކްސިޑެންޓް ހިންގި ސަރަޙައްދަށް ގޮސް ޙަރަކާތްތެރިވަމުންދާ ކަމަށާއި އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާއަށް ވީ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރައްވަ އެވެ.
ކާރުގެ ފަހަތު ސީޓުގައި އިން މީހައަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެގެން އެއާޕޯޓު ކްލިނިކުގައި ފަރުވާދިން ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް މާބޮޑު އަނިޔާއެއް ނުވާ ކަމަށް ވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެއެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ ކާރު، ރޯޑް ޑިވައިޑަރުތަކަކާއި ވޭނެއްގައި ޖެހުމަށްފަހު ޕިކަޕްގެ ފަހަތުގައި ޖެހިގެންނެވެ.