ENGLISH
21 އޭޕްރީލު 2025
ނޯޓެއް ދެއްވި ވާދޫ ކުއްޖާއަށް ރައީސް ޑރ. މުޢިއްޒު ޓަޗެއް ދެއްވައިފި
07 ޖެނުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާދޫ ކުއްޖަކަށް ޓަޗެއް ޖައްސަވަނީ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ވާދޫއިން ނޯޓެއް ދެއްވި ކުޑަ ފިރިހެން ކުއްޖަކަށް "ޓަޗެއް" ޖައްސަވައިފިއެވެ.
ހަވީރު 4:00 ޖެހިއިރު ރައީސް ޑރ. މުޢިއްޒު ވާދޫ އަށް ވަޑައިގަންނަވާތީ ވާދޫގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނާއި ސަލާން ކުރެއްވުމަށް ނުކުމެތިއްބެވެ.
ރައީސް ޑރ. މުޢިއްޒުއަށް މަރުހަބާ ދެއްނެވުމަށް ނުކުމެހުރި ކުޑަ ފިރިހެން ކުއްޖަކު ރައީސް ޑރ. މުޢިއްޒަށް ދެއްވީ ވަރަށް ބޮޑަށް ފަށްޖަހާފައި އޮތް ނޯޓެވެ. އެ ނޯޓް ރައީސް ވިދާޅުވުމަށްފަހު ޑރ. މުޢިއްޒު އެ ކުއްޖާއަށް ވާހަކައެއް ވިދާޅުވިއެވެ. އަދި އެ ކުއްޖާ ވެސް ރައީސް ޑރ. މުޢިއްޒު އަރިހު އެއްޗެއް ދެންނެވިއެވެ. ރައީސް އެ ކުއްޖާއާ ވަކިވެވަޑައިގެންނެވީ ޓަޗެއް ޖެއްސެވުމަށް ފަހުއެވެ.
ރައީސް ޑރ. މުޢިއްޒުއާ ސާލާން ކުރި މީހުންގެ ތެރެއިން ކިޔުގައި ހުރި ކަނބަލަކުވެސް އެ މަނިކުފާނަށް ނޯޓެއް ދެއްވާ، ލަފާކުރެވޭ ގޮތުން ކޮންމެވެސް ކަންބޮޑުވުމެއް ހިއްސާކުރެއްވިއެވެ.
ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގައި ވަކިވަކި ރައްޔިތުންނަށް ވެސް އެ މަނިކުފާނު ވަގުތު ދެެއްވައެވެ. އަދި މަރުހަބާ ދަންނަވަން އަންނަ ކުޑަކުދިންނާ އެމަނިކުފާނު ސަމާސާ ކުރައްވާ ހައްދަވައެވެ.