ENGLISH
21 އޭޕްރީލު 2025
ބަންގްލަދޭޝް އާއި ޖަޕާނުން 14 ސްކޮލަޝިޕްގެ ފުރުޞަތު ހުޅުވާލައިފި
06 ޖެނުއަރީ 2025
|
އެމްއެންޔޫގެ ދަރިވަރުންތަކެއް. ފޮޓޯ: އެމްއެންޔޫ
ބަންގްލަދޭޝްއާއި ޖަޕާނުން 14 ސްކޮލަޝިޕްގެ ފުރުޞަތެއް ސަރުކާރުން ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، "ސާކް ސްކޮލަޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025" ގެ ނަމުގައި ބަންގްލަދޭޝްގެ ފަރާތުން ހުޅުވައިލި ސްކޮލަޝިޕްތަކުގެ ތެރޭގައި، ހަތް ބެޗްލާސް ޑިގްރީ، ހަ އެމްބީބީއެސް އަދި އެއް ބީޑީއެސްގެ ފުރުސަތު ހިމެނޭކަމަށެވެ.
ޖަޕާންގެ "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލާޝިޕް ޕްރޮގްރާމް 2025" ގެ ދަށުން 24 ޔުނިވާސިޓީއެއްގެ މާސްޓާސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މީގެ ތެރެއިން ވަނީ ހުޅުވާލައިފިއެވެ. މި ސްކޮލަޝިޕަށް ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި، ޑުއަލް ސިޓިޒަންޝިޕް އޮތް ފަރާތެއްކަމުގައި ނުވުމާއި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގެ ތިން އަހަރު ކުރިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުމާއި ހުށަހަޅާ ޕްރޮގްރާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، ވޯލްޑް ބޭންކްގެ މުވައްޒަފެއްކަމުގައި ނުވުން ހިމެނެއެވެ.
"ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލާޝިޕް ޕްރޮގްރާމް 2024-2025" އަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 14 ޖަނަވަރީ 2025ވާ އަންގާރަ ދުވަހުގެ 12:00 އެވެ. އަދި "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލާޝިޕް ޕްރޮގްރާމް 2025"ގެ ފުރުތަމަ ސުންގަނޑި އަކީ 13 ޖަނަވަރީ އިން ފެށިގެން 28 ފެބްރުއަރީ 2025ގެ ނިޔަލަށެވެ. އަދި މި ފުރުސަތުގެ ދެވަނަ ސުންގަނޑިއަކީ 25 މާރިޗް 2025 އިން ފެށިގެން 23 މެއި 2025ގެ ނިޔަލަށެވެ.
އެ ގޮތުން ސާކް ސްކޮލަޝިޕާއި، ޖަޕާން ސްކޮލަރޝިޕްގެ ފުރަތަމަ ބުރުގެ އިތުރުން ދެވަނަ ބުރަށް ހުށަހެޅުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ.
މި ސްކޮލަޝިޕްތަކުގެ އިތުރު މައުލުމާތު ހޯދުމަށް މިނިސްޓްރީގެ ގެޒެޓްގައި ޝާއުއުކޮއްފައިވާ އިއުލާނުތައް މެދުވެރިކޮށް، ނުވަތަ 1474 ގުޅުއްވައިގެން އަދި އަށް އީ-މެއިލް ކުރައްވައިގެން ލިބޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.