ENGLISH
21 އޭޕްރީލު 2025
ވިއްސާރައިގައި ގެއްލުން ލިބުނު 98 ގޭގެ އެސެސްމަންޓް އެންޑީއެމްއޭއިން ހަދައިފި
06 ޖެނުއަރީ 2025
|
މިދިޔަ ހުކުރު ދުވަހު މާލެއަށް ކުރި ބޯ ވިއްސާރައިގައި ގެއްލުން ލިބުނު 98 ގޭގެ އެސެސްމަންޓް ހަދާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމާ ގުޅިގެން އެންޑީއެމްއޭއިން މަސައްކަތް ފެށީ، ދިރިނޫޅެވޭވަރަށް ފެންބޮޑުވި ގެތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ކަމަށެވެ.
އެގޮތުން 35 ގޭބީސީއަކުން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.