ENGLISH

21 އޭޕްރީލު 2025

Advertisement

ގުޅީފަޅުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރައްވައިފި

06 ޖެނުއަރީ 2025

|

އަހުމަދު ސައީދު

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ކ. ގުޅީފަޅުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ މިއަދު ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި "ގުޅިފަޅުގެ މަގުތައް ހެދުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި" ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. ސީއެމްއީސީގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް ޑެޕިއުޓީ ޖެނެރަލް މެނޭޖަރު، އާން ހައޯޖޫން އެވެ. މި ރައްމިއްޔާތުގައި ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުފައި ސޮއިކުރެއްވި އެމްއޯޔޫތަކުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށެވެ. މުއްތަލިބު ވިދާޅުވީ ގުޅީފަޅުގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސާވޭ ކުރުމުގެ މަސައްކަތާއި ޑީޓެއިލް ޑްރޯވިންގ ތައްޔާރުކުރުމާއި މަސައްކަތް ހިނގާ ސައިޓްގެ މަސައްކަތް ސީއެމްއީސީއިން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. 

ސީއެމްއީސީގެ ރީޖަނަލް ޖެނެރަލް މެނޭޖަރު، ޝެން ވިދާޅުވީ ގުޅީފަޅުގެ މަސަައްކަތް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމާލުމަށް އެ ކުންފުނިން ޒިންމާދާރުކަމާއެކީ މަަސައްކަތް ކުރާނެކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ތަފާތު މަޝްރޫއުތައް ހިންގާތާ މިހާރު 14 އަހަރު ވެއްޖެ ކަމަށެވެ.

މި ޕްރޮޖެކްޓުގެ ތެރެއިން ކުރެވޭނެ މައިގަނޑު މަސައްކަތްތަކަކީ:

  • އިލެކްޓްރިކް ސިޓީ ޑިސްޓްރިބިއުޝަން ނެޓްވޯކް ޤާއިމު ކުރުން
  • ފެނާއި ނަރުދަމާގެ ނިޒާމު މުޅި ގުޅީފަޅުގައި ޤާއިމު ކުރުން
  • ޑިއު ވޯޓަރިން ސިސްޓަމް ޤާއިމު ކުރުން
  • މަގުތައް ޒަމާނީ ފެންވަރަށް ހެދުން
  • ޖީޕޯން ޑަކްޓިން ސިސްޓަމް ޤާއިމު ކުރުން
  • ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ޤާއިމު ކުރުން

މުއްތަލިބު ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް 300 ހެކްޓަރުގެ ގުޅިފަޅުން ތިލަމާލެ ބްރިޖްގެ މަސައްކަތަށް ބޮޑު ބިމެއް ދޫކޮށްފައި އޮތުމުން، މިވަގުތު އިސްކަންދޭނީ މިހާރު މަސައްކަތް ކުރިއަށް ގެންދެވެންހުރި ބިންތަކަށެވެ. މި މަސައްކަތް ސީއެމްއީސީއާ ހަވާލުކުރެއްވީ ކޮންޓްރެކްޓާ ފައިނޭސް އުސޫލުންނެވެ.

ކިޔުންތެރިންގެ ހިޔާލު