ENGLISH
21 އޭޕްރީލު 2025
މިދިޔަ ވެރިކަމުގައި ބަޖެޓު ބޭނުންކޮށްފައި އޮތީ ހެޔޮ ގޮތުގައެއް ނޫން: މޫސާ ފަތުޙީ
06 ޖެނުއަރީ 2025
|
އެމްއެމް ޓީވީގެ ބޮޑު ޙަބަރު ޕްރޮގްރާމްގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯރކްސް، މޫސާ ފަތުޙީ އާދަމް / ފޮޓޯ: އެމްއެމް
މިދިޔަ ވެރިކަމުގައި ބަޖެޓު ބޭނުންކޮށްފައި އޮތީ ހެޔޮ ގޮތުގައި ނޫން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯރކްސް، މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުޙީ ވިދާޅުވީ ބަޖެޓު ފޮތް ހަދާފައި އޮތީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓު އޮތީ އިސްރާފުވާ ގޮތަށް ކަމަށާއި އެއީ މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންގެ މަންފާއަށް ހެދި ބަޖެޓެއް ކަމެވެ.
"ތި ވިދާޅުވި ގޮތަށް ސަރުކާރެއް ފަސް އަހަރު ވަންދެން ހިންގާފައި ދިޔައިރުގައި ދައުލަތުގެ މައިގަނޑު ބޮޑެތި ކުންފުނިތަކުން ނުވަތަ މަޝްރޫޢުތައް ހިންގައިގެން ދޭން ޖެހޭ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާކޮޅު ނުދީ އޮތުމުގެ ސަބަބުން އެ ވިޔަފާރިތައް ވަނީ ބަނގުރޫޓުވެފައި ގިނަ ތަންތަން އިނގޭތޯ، އަދި މިހާރު ދެމި އޮތް ތަންތަން ވެސް ބަނގުރޫޓުވުމުގެ މަގުމަތީގައި، މިއީ ފޮތުން ފެންނަން ނެތް އެތެރެ ބަލާލިއިރު ހުރި ކަންތައްތައް،" މޫސާ ފަތުޙީ ވިދާޅުވިއެވެ.
ފައިސާ ލިބެން ޖެހޭ ފަރާތްތަކުން އެތައް ބިލްތަކެއް ހިފައިގެން ކަމާއި ބެހޭ އިދާރާތަކަށް ފައިސާ ހޯދަން އަންނަ ކަމަށް ވެސް ފަތުޙީ ވަނީ ފާހަގަކުރައްވާފައެވެ. އެއް ކުންފުންޏަކަށް ބަލާލިކަމުގައިވީ ނަމަވެސް 4.8 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށް ވެސް ފަތުހީ ވިދާޅުވިއެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަން އާއި އެމްޓީސީސީގެ ވެސް ބޮޑެތި އަދަދުތަކުން ދަރަނި އެބަހުރި ކަމަށް ފަތުޙީ ފާހަގަކުރެއްވިއެވެ.
ފަތުޙީ އިތުރަށް ވިދާޅުވީ މިފަދަ ބޮޑެތި ދަރަނިތަކުގެ ސަބަބުން ގެއްލުން ވަނީ އާންމު އަފުރާދުންނަށް ކަމަށެވެ.