ENGLISH
21 އޭޕްރީލު 2025
ރައްޔިތުންގެ ޙާލު ގާތުން ބައްލަވާ ހަމައެކަނި ރައީސްއަކީ ޑރ. މުޢިއްޒު: މަމްދޫހް
06 ޖެނުއަރީ 2025
|
ޑރ. މުހައްމަދު މުޢިއްޒު ގުޅިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ސީދާ ރައްޔިތުންގެ ޙާލު ގާތުން ބައްލަވާ އަދި ބައްލަވަމުން ގެންދާ ހަމައެކަނި ރައީސަކީ ޑރ. މުހައްމަދު މުޢިއްޒުކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މެމްބަރު މަމްދޫޙު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސީދާ ރައްޔިތުންގެ ގާތަށް، ކައުންސިލްތަކުގެ ދޮރުތައް ހުރަސްކޮށް، ދަތުރު ކުރި އަދި ކުރަމުންދާ ހަމައެކަނި ރައީސް އަކީ ޑރ. މުހައްމަދު މުޢިއްޒު މަކަށެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ރައީސުލްޖުމްހުރިއްޔާ ކުރައްވަމުންގެންދަވާ ސިލްސިލާ ދަތުރުފުޅުތަކަކީ 2024 ވަނަ އަހަރު ފެއްޓެވި ދަތުރުފުޅުތަކެކެވެ. މި ސިލްސިލާގެ މި އަހަރުގެ ފުރަތަމަ ދަތުރުފުޅު ކ. ގުޅިއަށް ރައީސް އިއްޔެ ކުރައްވާފައިވާއިރު، މެމްބަރު މަމްދޫޙު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ބަސް އިއްވަން ކައުންސިލްތައް، ބޮޑު އަގު ދީގެން ކަނޑުމަގުންނާއި ވައިގެމަގުން، ވެރިމީހާގެ ފައިންޕުޅު ދެކިލުމަށް، ފޮށިތަންމަތި ބަނދެގެން، މާލެ ދަތުރުކޮށް، ރައީސް އޮފީހުގެ ދޮރުމަތީ ކުރުކާލިކަނޑަން ޖެހުނު ކަމަށެވެ. އެކަން ނިމުމަކަށް ގެނެސް، ސީދާ ރައްޔިތުންގެ ގާތަށް، ކައުންސިލްތަކުގެ ދޮރުތައް ހުރަސްކޮށް، ދަތުރު ކުރި އަދި ކުރަމުންދާ ހަމައެކަނި ރައީސަކީ ރައީސް މުޢިއްޒު ކަމަށް މަމްދޫހް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ މާލެއަތޮޅު ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.