ENGLISH
21 އޭޕްރީލު 2025
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒް
06 ޖެނުއަރީ 2025
|
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޔާޒް މަންސޫރު
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު ހަމަޖައްސަވައިފިއެވެ.
ފަޔާޒަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން އެޗްޑީސީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. ފަޔާޒް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސީ މިދިޔަ ޑިސެމްބަރު 26 ގަ އެވެ. އޭނާ އެޗްޑީސީގެ މަސައްކަތަށް ނުކުމެވަޑައިގަތީ އިއްޔެއެވެ.
ކުރެހުމާއި ޑިޒައިން ކުރުމުގެ މަސައްކަތްކުރާ ގެޑޯ ކޮންސަލްޓިންގެ ޑިރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ފަޔާޒަކީ ކުއަންޓިޓި ސާވޭއިންގެ ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން، ބިލްޑިން ސައިންސްއިން ފަޔާޒް ވަނީ މާސްޓާސް ހައްދަވައިފައެވެ.