ENGLISH

21 އޭޕްރީލު 2025

Advertisement

ޤައުމީ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ފަސްޖެހުމެއް ނެތި ރައީސް ފިޔަވަޅު އަޅުއްވާނެ: މެމްބަރު އައިފާން

05 ޖެނުއަރީ 2025

|

އަހުމަދު އަބްދުﷲ

ބޮޑު ޚަބަރު ޕްރޮގްރާމުގައި އައިފާން މިރޭ ވާހަކަ ދައްކަވަނީ

ޤައުމީ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައިވެސް ފަސްޖެހިވަޑައިނުގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ. 

އޭނާ މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. 

އައިފާން ވިދާޅުވި ގޮތުގައި އެކަމުގެ އެންމެ ސާފު އެއް ހެއްކަކީ މި ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ނުދެއްވުމެވެ. 

"ރައީސް މުޢިއްޒު ހުރީ ކޮރަޕްޝަނަށް ޖާގަ ދޭ ގޮތަަކަށް ނޫން،" އައިފާން ވިދާޅުވިއެވެ. 

މެމްބަރު އައިފާނު ވިދާޅުވީ މިހާރު އެފަދަ ތުހުމަތެއް (ކޮރަޕްޝަނުގެ) ކުރެވޭ ހާލަތްތަކުގައި އެކަމުގެ ދެކޮޅު ބައްލަވައި ރައީސް ފިޔަވަޅު އަޅުއްވާނެކަން ރައްޔިތުން މިހާރު ގަބޫލުކުރެއެވެ. އަދި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންވެސް އެކަން ގަބޫލުކުރާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެކަމުގެ މިސާލު އޭނާ ނެންގެވީ ދާދި ފަހުން އެޗްޑީސީ ތެރޭގައި އުފެދުނު ނުކިއްސަރު މައްސަލަތަކާ މެދު ރައީސް މުޢިއްޒު އެޅުއްވި ހިކުމަތްތެރި ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުންނެވެ. 

އައިފާން ފާހަގަ ކުރެއްވި ގޮތުގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައީސް ފަސް ޖެހިވަޑައި ނުގެން ފިޔަވަޅު އަޅުއްވާނެކަން ދޭހަވާ އަނެއް ކަމަކީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ޤައުމުގައި ގާއިމްވެގެން ތިިބި އިންޑިއާގެ އަސްކަރީ ސިފައިން، ރައީސް ރައްޔިތުންގެ ގާތު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ސުލްހަވެރިކަމާއެކު އަނބުރާ ގައުމަށް ފޮނުއްވާލައްވަވައި، އަދި އިންޑިއާއާއެކު ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމެވެ. 

ކިޔުންތެރިންގެ ހިޔާލު