ENGLISH

05 ޖުލައި 2025

Advertisement

އާސަންދައިގެ ދަށުން ބޭހެއް ނުލިބިއްޖެ ނަމަ ރިޕޯޓް ކުރަން އެދިއްޖެ

05 ޖެނުއަރީ 2025

|

ޢަލީ ޝާހީން

އާސަންދައިގެ ދަށުން ބޭސް ލިބުމުގައި ދިމާވާ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެ ކުންފުނިން އެދިވަޑައިގެންފިއެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕަބްލިކް ހެލްތު ސްކީމްގެ ދަށުން ބޭސް ނަގާއިރު އަމިއްލަ އަތުން ފައިސާ ދައްކަން ޖެހިއްޖެ ނަމަ ނުވަތަ އާސަންދައިގެ ދަށުން އެއްވެސް ބޭހެއް ކަވަރ ނުކޮށްދޭ ނަމަ އެ ޝަކުވާއެއް ހޮޓްލައިން 7951400 އަށް ވައިބާ ކުރަން އެދޭ ކަމަށެވެ.

ރިޕޯޓު ކުރާއިރު ބޭސްފިހާރައިގެ ނަމާއެކު ބޭސް ސިޓީ އަދި ބޭހުގެ ރަސީދު އެ ނަމްބަރަށް ވައިބާ މެދުވެރިކޮށް މެސެޖު ކުރުމަށް އާސަންދައިން ވަނީ އެދިވަޑައިގެންފައެވެ. 

އާސަންދަ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ ބަދަލުތަކެއް މި ސަރުކާރުން އަންނަނީ ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު