ENGLISH

05 ޖުލައި 2025

Advertisement

ސަޢުދީން ހަދިޔާކުރި ކަދުރު ރާއްޖެ ގެނެސްފި

05 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ކޮންމެ ރަމަޟާން މަހަކަށް ސައުދީން ރާއްޖެ އަށް ހަދިޔާ ކުރާ 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފިއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

ވަޒީރު ޝަހީމް ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ރޯދަމަހުގެ ކުރީން ކަދުރު ބަހައި ނިންމަވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ކަދުރުން ބައެއް ދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު