ENGLISH
05 ޖުލައި 2025
އެފްއެސްއެމްގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރައިފި
05 ޖެނުއަރީ 2025
|
އެފްއެސްއެމްގެ ތެޔޮ ބޯޓު ފަރަށް އަރާފައި: ފޮޓޯ: ނިލަންދޫ ކައުންސިލް
ތެޔޮ ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ އެފްއެސްއެމްގެ ތެޔޮ ބޯޓެއް ގއ. ނިލަންދޫ ފަރަށް އަރައިފިއެވެ.
އެފްއެސްއެމްގެ ތެޔޮ ބޯޓު ނިލަނދޫ ފަރަށް އަރާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހުވަދު އަތޮޅުގެ ރަށްތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ މި ބޯޓު ނިލަންދޫ ހުޅަނގު އުތުރު ފަރާތު ފަރުގެ ބޮޑު ބަޔަކަށް ވަނީ އަރައިފައެވެ. ނަމަވެސް އެ ބޯޓުން ތެޔޮ ލީކުވަމުން ނުދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ނިލަންދޫ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެ ބޯޓު ފުންކުރަން އެފްއެސްއެމްގެ އިތުރު ބޯޓެއް އަންނަ ކަމަށާއި އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ތެޔޮ ބޯޓުތައް ފަރަށް އަރާފައި އެބަހުއްޓެވެ. އެ ފަދަ ހާދިސާތައް ހިނގުމުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ފަރަށް ލިބިފައިވާ ގެއްލުން ވަޒަންކުރުމަށް ފަހު، ޖޫރިމަނާ ވެސް ކުރެއެވެ.