ENGLISH

05 ޖުލައި 2025

Advertisement

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ 7 މީހަކު އަތުލައިގެންފި

05 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި ބިދޭސީ ހަތަރު އަންހެނަކާއި ތިން ފިރިހެނަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުންގެ ބެލުމުގެ ދަށގައި ތިބި 7 މ މީހުންގެ ތެރެއިން ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ދެ އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ޕޯސްޓުގައިވެއެވެ. ބާކީ ފަސް ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަންގެ ޕޯސްޓުގައިވެއެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ބިދޭސީން ދަނީ އަތުލައިގަންނަމުންނެވެ. އެމީހުންގެ އިތުރުން ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު