ENGLISH
05 ޖުލައި 2025
ފުލުހުންގެ ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގެ މަންޒަރު ދުށް މީހުން ހޯދަނީ
05 ޖެނުއަރީ 2025
|
ފުލުހުންގެ މައި އިދާރާ
މިދިޔަ މަހު، ހުޅުމާލޭގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް މީހުން ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި އެކްސިޑެންޓް ހިނގައިފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ވަނަ ދުވަހުގެ ދަންވަރު 1:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު އެމަންޒަރު ދުށް ބަޔަކުވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވި 18 އަހަރުގެ ޒުވާނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އައިޖީއެމްއެޗްއިން މައުލޫމާތުދޭ ގޮތުގައި އަނިޔާވި ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވާފައި ވަނީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ޚިލާފުވެގެން އެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއް ކަމަށާއި އަދި މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.