ENGLISH
05 ޖުލައި 2025
ވިއްސާރައިގައި ލިބުނު ގެއްލުންތައް އެންޑީއެމްއޭ އިން ބަލަނީ
05 ޖެނުއަރީ 2025
|
މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ގެއްލުން ވެގެން ރިޕޯޓު ކުރި ގެތަކުގެ ޑެމޭޖް އެސެސްމެންޓް ހަދަން މިއަދު ފަށާނެ ކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
މާލެއަށް ކުރި ވިއްސާރައިގައި އެހީ ހޯދުމަށް 400 ކޯލް ލިބިފައިވެއެވެ. އެންޑީއެމްއޭއިން ވަނީ ހުކުރު ދުވަހު ކުރި މި ވިއްސާރައިގެ ސަބަބުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފަރާތްތަކަށް، އެ ފަރާތްތައް ދިރިއުޅެމުން އައި ތަން އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން 226 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އަތޮޅު ތެރޭގެ ރަށްތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ހެދުމަށް އެރަށު ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ވިދާޅުވެފައެވެ.