ENGLISH
05 ޖުލައި 2025
ރަށްރަށުގައި ކުނި ނެގުމުގެ ފީ ކަރަންޓް ބިލްގައި ނުހިމަނަން ނިންމައިފި
05 ޖެނުއަރީ 2025
|
ވެމްކޯގެ މުވައްޒަފުންތަކެއް ކުނި ނެގުމުގައި ހަރަކާތްތެރި ވަނީ.
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރަށްރަށުގެ ގޭބީސީތަކުން ކުނި ނެގުމުގެ ބިލް، ކަރަންޓު ބިލުގައި ހިމަނައިގެން ފައިސާ ދެއްކުމަށް މީގެ ކުރިން ހަމަޖެހިފައިވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެކު އެކަން ބާތިލުކޮށްފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެއްޖެއެވެ.
މި މަހު 1 ކުން ފެށިގެން ކުނީގެ ބިލް ކަރަންޓު ބިލުގައި ހިމަނަން ނިންމާފައިވީ ނަމަވެސް އެ ނިންމުން މިއަދު ބާތިލްކޮށްފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެފައި ވަނީ އެ ކުންފުނިން އާއްމުކުރެއްވި އިއުލާނެއްގައެވެ.
މި ގެނެވުނު މި ބަދަލާއެކު ވެމްކޯގެ ޚިދުމަތް ފޯރުކޮށްދޭނީ ހަމައެކަނި އެކުންފުނީގެ ޚިދުމަތަށް ރަޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ކުނީގެ ބިލަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އޮފީސްތަކާއި ވެމްކޯގެ އަވަސްޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ކުނި ނެގުމުގެ ބިލަށް މާލެ އާއި، އަތޮޅު ތެރޭގައި ވެސް، މަހަކު ދައްކަން ޖެހެނީ ކޮންމެ ގޭބީސީއަކުން 150 ރުފިޔާ އެވެ. މާލޭގައި ކުނި ބިލު ދައްކަނީ ކަރަންޓު ބިލާއި އެއްކޮށްލައިގެންނެވެ.