ENGLISH
05 ޖުލައި 2025
މިނިސްޓްރީން ބޭނުންވާ ގޮތަށް ޤާނޫނު ފާސްވެއްޖެނަމަ ގޭންގްކުށްތައް ނިމުމަކަށް އަންނާނެ: ސިއްދީގު
04 ޖެނުއަރީ 2025
|
އަހުމަދު ސިއްދީގު
ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ބިލް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބޭނުންވާ ގޮތަށް ފާސްކޮށްފިނަމަ، ރާއްޖޭގައި ކުށްމަދުކުރުމަށް އާދަޔާ ޚިލާފު އެހީއަކަށް ވެގެންދާނެ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގޭންގް ކުށްތައް ނިމުމަކަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު އަމާޒެއް އަދި ވަޢުދުފުޅެއް ކަމަށް ވާތީ، އެކަމަށް ޚާއްސަ ބިލެއް ފަރުމާކޮށް މަޖިލީހެއް ހުށަހަޅާފައިވާނީ މުޅި މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެވޭނެ ގޮތަށް ކަމަށެވެ.
އެގޮތުން ގޭންގް ކުށްތަކާ ގުޅިފައިވާ މަސްތުވާތަކެތީގެ މައްސަލަ އާއި މާރާމާރީ އާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތަކަށް ވެސް، އެ ބިލު ގާނޫނަކަށް ވެެގެން ދިއުމުން ހައްލު ލިބިގެންދާނެ ކަމަށް ސިއްދީގު ވިދާޅުވިއެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރައްޔިތުންނާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެއީ ގައުމުގެ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމަށް ހަމަޖެހުން ގެނެސްދިނުމަށް ކަމަށް ވެސް ސިއްދީގު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ބިލާ ބެހޭ ގޮތުން ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސިއްދީގު ވިދާޅުވި ގޮތުގައި އެކަން ކަމުގައި ފުލުހުންނަށް މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް ބިލުގައި ވަރަށް ބޮޑަށް ވާނީ ފަސޭހަކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމުގައި ފުލުހުންނަށް އިތުރު ބާރާއި އިހްތިޔާރުތައް ލިބިގެންދާނެއެވެ.
އެ ބިލުން މުޖުތަމަޢުގައި ބޮޑުވެފައިވާ ވަރަށް ގިނަ އިޖުތިމާޢީ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން ސިއްދީގު ދެއްވިއެވެ.